ސްޕެޝަލް އިކޮނިމިކް ޒޯންގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ އެންޑް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"އަށް ބަދަލު ކުރުމުގެ ބިލު ފާސްކޮށްފި އެވެ.
ކޮމިޓީގެ އެ ނިންމުމާއި އެއްގޮތައް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.
މައްސަލައާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި މިމަހު 15 ވަނަ ދުވަހު ރައްޔތިުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޮނުވި ސިޓީ ފުޅުގައި ބުނެފައި ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގައި ގޮތައް ހަމޖެއްސުމަށާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން އަށް ބަދަލު ކުރުމަށެވެ. އަދި އެ ސިޓީގައި އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކަށް އައި ބަދަލުތަކުގެ ލިސްޓުވެސް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވެއެވެ.
މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގައި މި ބިލު ފާސް ކުރުމަށް ހާޒިރުވީ މެމްބަރުންގެ އިއްތިފާގުންނެވެ.