ހަބަރު

ޕެރިސް އެގްރީމަންޓަށް ރާއްޖެ އިން އަމަލު ކުރަން ކޮމިޓީ އިން ނިންމައިފި

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، ކޮޕް 21 ގައި އެކުލަވާލެވުނު ޕެރިސް އެގްރީމަންޓަށް ރާއްޖެއިން އަމަލު ކުރަން ރައްޔިތުން މަޖިލީހުގެ ގައުމީސަލާމަތާބެހޭ ކޮމިޓީ އިން ފާސްކޮށްފި އެވެ.

ދައުލަތުގައި، ވެރިކަން ކުރާ ފަރާތަކުން ބައިވެރިވާ ބައިނަލްލަގުވާމީ މުއާހަދާތަކަށް އަމަލު ކުރަންވާނީ މަޖިލީހުން ފާސް ކުރުމުން ކަމަށް ގާނޫނޫގައި ބުނެފައިވުމުން ޕެރިސް އެގްރީމަންޓަށް ރާއްޖެއިން އަމަލު ކުރުމާއި ބެހޭ މައްސަލަ މަޖިލީހަށް ރައީސް ފޮނުވީ މިދިޔަ ހޯމަ ދުވަހުގައެވެ. މިމައްސަލަ ކޮމިޓީ އަށް ފޮނުވައި އެމަރުހަލާގައި ފާސްވީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮޕް 21 ގެ އެއްބަސްވުމުގެ ނުކުތާތައް

  • ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު މަދުކޮށް ބެލެންސް ކުރުން
  • ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށްކުރުން،
  • 1.5 ޑިގްރީ ސެލްސިއަސް އަށް ލިމިޓްކުރަން މަސައްކަތް ކުރުން
  • މަސައްކަތް ދާ ގޮތް ކޮންމެ ފަސް އަހަރަކުން މުތޯލިއާ ކުރުން
  • 2020 ގެ ފަހުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ