ހަބަރު

މެރިން ޑައިވް ފެއާގައި ދެ އެވޯޑެއް ރާއްޖެއަށް ލިބިއްޖެ

ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށް ގެންދިޔަ މެރިން ޑައިވް ފެއާގައި ރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ. އއީ ރީޑާސް ޗޮއިން ޑްރީމިން އެވޯޑުން އެއް ވަނަ އަދި ރީޑާސް ޗޮއިން ބެސްޓް ޑައިވިން އޭރިއާ އިން ދެވަނަ އެވެ.

މެރިން ޑައިވް ފެއާ އަކީ ސަރަހައްދުގައި މޫދު ކުޅިވަރާ ބެހޭ ވިޔަފާރި ޖަޕާނާއި އޭޝިއާގައި ފުޅާކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކުވެސް ޖަޕާނުން ކުރިއަށް ގެންދާ ފެއާ އެކެވެ. މިއަހަރުގެ ފެއާ އަކީ ކާމިޔާބު ފެއާއެއް ކަމަށްވެ އެވެ. މިއަހަރުގެ ފެއާގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުންނެވެ.

ޖަޕާނަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ގިނަ ފަސް މާކެޓުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި މިދިޔަ އަހަރު މިމާކެޓު ދަށްވެފަިއވީ ނަމަވެސް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރޭގައި ޖަޕާނު ހިމެނެ އެވެ. އަދި މިހާރު ދުވަހެއް ދުވަހަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިނަށް ފްރީ ވިސާވެސް އިންނަ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އަދި މިއަހަރުގެ ފެއާގައި ޖަޕާނުގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްވެފައިވާ ކަމަށްވެސް ބުނެ އެވެ. އެހެންކަމުން ޖަޕާނުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށްވެސް ވެ އެވެ.