- ދަރިވަރުން ކޯސްތަކަށް ފީ ދައްކާކަށް ނުޖެހޭ
- ކޯސްތައް ވަނީ ސްޕޮންސާ ކޮށްފައި
- މިއީ ދާއިރާއަށް މިހާ ގިނަ މީހުން ތަމްރީނު ކުރާ ފުރަތަމަ ފަހަރު
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން ޓޫރިޒަމް ދާއިރާއަށް 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމެއް ފެށުމަށް ނިންމައިފި އެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމްގައި ޓޫރިޒަމް ދާއިރާގެ 26 ދާއިރާއަކުން މީހުން ތަމްރީނުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ އޮތޯރިޓީން ބުނީ މި ކޯސްތަކަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސާކޮށްފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ފޯމް ހުށަހަޅަަންޖެހެނީ އެ އެތޯރިޓީއަށެވެ. ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުން ފޯމް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ ވެބްސައިޓުންނާއި ޓިވެޓް އޮތޯރިޓީ ވެބްސައިޓުންނެވެ.
ތަމްރީނުކުރަން ހަމަޖެހިފައިވާ ދާއިރާތައް
- 19 ޖެނަރަލް ކޭޝިއަރުން
- 4 ފުޑް އެންޑް ބެވަރޭޖް ޕާސަން
- 10 އެސިސްޓެންޓް ޗީފް އިންޖިނިއަރުން
- 1 ސްޓޯ ކީޕާ
- 23 އެއާޕޯޓް ރިޕްރަޒެންޓޭޓިވް
- 24 ޓިކެޓިން އެންޑް ރިޒަވޭޝަން
- 20 ރޫމް އެޓެންޑެންޓް
- 11 ލައިފްގާޑް
- 5 ގެސްޓް ރިލޭޝަން އޮފިސަރު
- 2 ޕަވާ ހައުސް އޮޕަރޭޓާ
- 14 ސެކިއުރިޓީ އޮފިސަރު
- 21 ޓުއާ ގައިޑް
- 12 ލޯންޑަރީ އެޓެންޑެންޓް
- 3 މެރިން މެކޭނިކް
- 22 އައިޓީ ޓެކްނީޝިއަން
- 7 ގާޑެނާ
- 17 ފުޑް ޕްރެޕަރޭޝަން
- 9 ފްރޮންޓް އޮފީސް
- 13 ހެލްތް އެންޑް ވިލްނެސް
- 18 ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް
- 8 ޑައިވިން / ވޯޓާ ސްޕޯޓްސް
- 26 ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން
- 16 ކިޑްސް ކުލަބް އެޓެންޑެންޓް
- 25 ލޮޖިސްޓިކް / އެޑްމިން އޮފިސަރު
- 6 އިލެކްޓްރިޝިއަން / ޓެކްނީޝިއަން
- 15 އިންޖިނިއަރު