ރައީސް އަބްދުﷲ ޔާމީން

ކަލާމް އެވޯޑް ލިބިގަތުމަށް ރައީސް އިންޑިއާއަށް ވަޑައިގެންފި

Apr 26, 2016
2

އިންޑިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ހެނދުނު އިންޑިޔާއަށް ފުރާވަޑައިގެންފި އެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ "ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016" އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ.

"ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016" އަކީ އިންޑިޔާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ ޢަބްދުލްކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސް ޔާމީނެވެ.