މަސްތުވާތަކެތި

ރާއްޖެއަށް މަސްތުވާތަކެތި ގެނައި އަނެހަކާއި ފިރިހެނަކު ހައްޔަރުކޮށްފި

May 3, 2016

ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ކަސްޓަމްސް އިން މިއަދު ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށާއި ކަސްޓަމްސް އިން އެ ދެމީހުން ފުލުހުންނާ ހަވާލު ކުރުމުން ތަހުގީގު ފަށާފައިވާ ކަމަށާއި އެއީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ދެ ދިވެހިން ކަމަށެވެ.

މި ދެ މީހުންގެ ތެރެއިން ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ މިއަދުގެ ހެނދުނު ސްރީލަންކާއިން ރާއްޖެ އައި ވަގުތު އޭނާގެ ލަގެޖް ކަސްޓަމްސް އޮފިސަރުން ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ޓްރޯލީ ބޭގެއްގެ ތެރޭގައި އޮތް އަތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެނެވެ. އެ ދަބަހުގެ ތެރޭގައި ބަރުދަނުގައި 940 ގްރާމަށްވުރެ ގިނަ ހެރޮއިން ހުއްޓެވެ.

އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ މެންދުރުފަހު ލަންކާއިން އައިތަނުން ފޮށި ބަލައި ފާސް ކުރި އިރު އެ ފޮށީގެ ތެރޭގައި 760 ގްރާމްގެ ހެރޮއިން ރައްކާކޮށްފައި ހުއްޓާ ފެނިގެނެވެ.

މި ދެ މީހުންގެ ތެރެއިން ފިރިހެން މީހާގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.