ޓޫރިޒަމް

ރާއްޖޭގެ ފުރަތަމަ ޕެޑީ ފްރީ ޑައިވް ސެންޓަރު އަނަންތާރާ ދިގު ރަށުގައި

May 27, 2016

ރާއްޖޭގެ ފުރަތަމަ ޕެޑީ ފްރީ ޑައިވް ސެންޓަރު އަނަންތާރާ ދިގު ރަށުގައި ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ އައިޓީސީއެމް ނިއުސަށް ދިން އިންޓަވިއުއެއްގައި ފްރީ ޑައިވް އިންސްޓްރްކްޓަރު މާރިޔާ ކަގާވާ ބުނި ގޮތުގައި ޕަޑީ ޕްރީޑައިވް ފެށުމުގެ ސަބަބުން ކަނޑު އަޑީގެ ރީތިކަން ބަލައިލުމަށް އިތުރު މަގެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

ފްރީ ޑައިވިންއަކީ އޮކްސިޖަން ފުޅި ބޭނުން ނުކޮށް ވާގަނޑެއްގައި ހިފަހައްޓައިގެން އަޑިއަށް ފީނާ ފީނުމެވެ. މިގޮތުން މި ބާވަތުގެ ފީނުމަކީ ރާއްޖޭގެ ރިސޯޓުތަކުގައި މާއާއްމު ކަމެއް ނޫނެވެ. ނަމަވެސް ބައެއް ރިސޯޓުތަކުގައި ފްރީޑައިވް ކޯސްތައް މިހާރު ހިންގަ އެވެ.

އަނަންތާރާ ކުންފުންޏަކީ ރާއްޖޭގައި ފަސް ތަރީގެ ގިނަ ރިސޯޓުތަކެއް ހިންގަމުން ގެންދާ ކުންފުންޏެކެވެ.