ހަބަރު

ކާނިވަލުގެ ކެފޭއެއްގެ ތެރޭގައި ބިދޭސީއަކަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށްފި!

މިއަދު މެންދުރު 12:45 ހާއިރު ކާނިވަލު ކެފޭއެއްގެ ތެރޭގައި އުޅުނު ބިދޭސީއަކަށް ހަމަލާދިން މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ހަމަލާދިން ބިދޭސީމީހާ މިހާރު ވަނީ ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު މެންދުރު ކާނިވަލުގައި ކެފޭއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މައްސަލަ ތަހުގީގުކުރަމުން ދާތީ އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.