ހަބަރު

ދ. މީދޫގައި ޕޮލިސް ސްޓޭޝަން އެއް ހުޅުވައިފި

ދ. މީދޫގައި ޕޮލިސް ސްޓޭޝަން އެއް މިއަދު ހުޅުވައިފި އެވެ.

މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އެވެ.

މީދޫ ޕޮލިސް ސްޓޭޝަން އަކީ އެއަތޮޅުގައި ގާއިމްކުރާ ތިންވަނަ ޕޮލިސް ސްޓޭޝަނެވެ. މީދޫގެ އިތުރުން އެއަތޮޅުގައި ޕޮލިސް ސްޓޭޝަން ގާއިމް ކޮށްފައިވަނީ ކުޑަހޫވަދޫ އާއި ބަނޑިދޫގަ އެވެ.