ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގދ. ތިނަދޫގައި އިމާރާތްކުރަމުންދާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ތިނަދޫގައި އިމާރާތް ކުރަނީ 120 ފްލެޓެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފްލެޓްތަކަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ފްލެޓަށް އެދޭ ފަރާތްތަކުން ފޯމެއް ހުށަހަޅަންޖެހެއެވެ. ފޯމް ތިނަދޫ ކައުންސިލުން ލިބޭނެ ކަމަށެވެ.
ތިނަދޫގައި އަޅާ ފްލެޓްތައް ދޫކުރާ އުސޫލު ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާކަމަށާއި ހައުސިން މިނިސްޓްރީ ސައިޓުންވެސް އެ އުސޫލު ބަލައިލެވޭނެ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.