މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް 'ސީ' ގެ ފުލަށް ދިޔަ ޔޫކްރޭންއަށް ލަނޑެއްވެސް ނުޖެހި ޕޮއިންޓެއް ވެސް ނުހޯދި ޔޫރޯ ނިންމާލައިފިއެވެ.
މިފަހަރު ޔޫރޯގައި ލަނޑެއް ނުޖެހި ޕޮއިންޓެއް ނުލިބި ޔޫކްރޭން ނިންމާލުމުން އެޓީމު ވެފައިވަނީ ޔޫރޯގައި އެންމެ ފަހުން ކުޅުނު ފަސް މެޗްގައި ލަނޑެއް ނުޖެހުނު ފުރަތަމަ ޓީމަށެވެ.
ޔޫރޯގައި ޔޫކްރޭންއަށް އެންމެ ފަހުން ލަނޑެއް ޖެހިފައިވަނީ، ޕޮލެންޑްގެ އިތުރުން އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސްވިޑެންއާ ދެކޮޅާށް ކުޅުނު މެޗްގައެވެ.
އެމެޗް ޔޫކްރޭން ކާމިޔާބު ކުރީ 2-1 ންނެވެ. އެ މެޗްގައި ޔޫކްރޭންގެ ދެ ލަނޑުވެސް ޖަހައިދިނީ އެޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗް އަންދުރޭ ޝެވަޗެންކޯއެވެ.