ޔޫރޯ 2016

ބައި ގަރުނު ފަހުން ވޭލްސް ބޮޑު މުބާރާތެއްގެ ކްއާޓާ ފައިނަލަށް

ވާދަވެރި އުތުރު އަޔަލެންޑް ބަލިކޮށް ބައި ގަރުނު ފަހުން ބޮޑު މުބާރާތެއްގެ ކްއާޓާ ފައިނަލަށް ފުރަތަމަ ފަހަރަށް ވޭލްސް ދަތުރުކޮށްފި އެވެ.
ވޭލްސް އެންމެ ފަހުން މުބާރާތެއްގެ ކްއާޓާ ފައިނަލް ކުޅެފައިވަނީ ސްވިޑެންގައި 1958 ވަނަ އަހރު ބޭއްވި ވޯލްޑް ކަޕްގައެވެ.

މިރޭ ގެ މެޗްގައި ވޭލްސް މޮޅުވި ލަނޑަކީ، ވޭލްސްއިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އުތުރު އަޔަލެންޑްގެ ޑިފެންޑަރު ގެރެތު މަކޭލީ އަތުން ބައިކޮޅަށް ވަން ލަނޑެވެ.

ޔޫރޯގައި މުޅިން އަލަށް ވާދަ ކުރާ ވޭލްސް ކުއާޓާ ފައިނަލްގައި ވާދަ ކުރަން ޖެހޭނީ ހޯމަ ދުވަހުގެ ރޭ ބެލްޖިއަމް އާއި ހަންގޭރީ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

ވޭލްސްއާއި ޕޮލެންޑް ވާދަކުރާ ކްއާޓާ ފައިނަލް މެޗް އޮންނާނީ އަންނަ މަހު އެއް ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ޖަހާއިރުއެވެ.