އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު އެއްވުމެއް ބާއްވައިފި

Jul 3, 2016
2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ރޭ ބާއްވައިފި އެވެ.

މާބްލް ހޮޓެލްގައި އެމްޑީޕީގެ ބައްދަލުވުން ބޭއްވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބަދަލުވަމުންދާ ގޮތާއި ރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމުގެ މައްޗަށް ހިޔާލު ބަދަލު ކުރުމުގެ އިތުރުން މެންބަރުންނާ ހިއްސާ ކުރަންޖެހޭ ބައެއް ވާހަކަ ހިއްސާ ކުރުމަށެވެ.

އެމްޑީޕީގެ އެ މަޖިލީހުގެ މެމްބަރުންނަށް ޕާޓީން ހިއްސާ ކުރަންޖެހޭ ބައެއް ވާހަކަތައް ރޭ ހިއްސާ ކުރެއްވީ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒެވެ.

އެމްޑީޕީގެ ގައުމީ ޖަލްސާއެއް ރޭ ބޭއްވި އިރު އެ ޕާޓީ އިސްވެ އޮވެގެން އުފައްދާފައިވާ އިދިކޮޅު އިއްތާހާދެއް ވެސް މި ދުވަސް ކޮޅު ހަރަކާތްތެރިވެ އެވެ. އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ތެރޭގައި ވެސް ތަފާތު މައްސަލަތައް އުފެދިފައި ވެއެވެ.