LIVE UPDATES

މަރުގެ ހުކުމް ތަންފީޒު ކުރާނެ، ޕީޕީއެމްގެ މައްސަލަ ހައްލުކުރާނެ!

Updated:
6
  • މަރުގެ ހުކުމް ތަންފީޒު ކުރާނެ
  • ޕީޕީއެމްގެ މައްސަލަ މަޝްވަރާއިން ހައްލުރަންޖެހޭ
  • އިދިކޮޅު ފަރާތަތްކަށް ހަދިޔާއެއް ނުދެވޭނެ

ރައީސް އަބްދުﷲ ޔާމީން މިރޭ ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބު ކުރައްވާނީ މިރޭ 7:00 ގައި ކަމަށެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާނީ ގައުމީ ޓީވީ، ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު މެދުވެރިކޮށެވެ.

ރައީސްގެ ހިތޯބުގައި އެންމެހާ ރައްޔިތުންނަށް އީދު ތަހުނިޔާ ފޮނުއްވުމުގެ އިތުރަށް، ޕީޕީއެމްގައި މިހާރު ޖެހިގެން އުޅޭ މައްސަލަތަކާއި އެކަމުގައި ރައީސް އަށް ފެނިވަޑައިގަންނަވާ ގޮތް ހާމަ ކުރައްވާނެ އެވެ. މީގެ އިތުރަށް ގައުމުގެ ތަރައްގީއަށް ޓަކައި ކުރައްވާ ކަންތައްތަކާއި ގައުމާ މެދު ރައީސްގެ ތަސައްވަރު ހާމަ ކުރައްވާނެ ކަމަށް ވެސް އެނގިފައިވެ އެވެ.

މިއީ އީދުގެ މުނާސަބަތަކާ ގުޅިގެން، ރައީސް މިގޮތަށް ގައުމާ މުހާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ.