ރާއްޖެ ކުޅިވަރު

ސަރަހައްދީ މުބާރާތަކުން ފުރަތަމަ ފަހަރަށް ގައުމީ ބާސްކެޓް ޓީމަށް ރިހި މެޑަލް

ދެކުނު އޭޝިއާގެ ބާސްކެޓްބޯލް ކޮލިފިކޭޝަން ނުވަތަ ސަބާ ޒޯން ކޮލިފިޝަންގައި ރިހި މެޑަލް ހޯދައި ގައުމީ ބާސްކެޓްބޯލް ޓީމުން ސަރަހައްދީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދައިފިއެވެ.

ރާއްޖެ ރިހި މެޑަލް ހޯދީ އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މި މުބާރާތުގައި، މިއަދު ނޭޕާލްގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަންގާޅު މައްޗަށް ކާމިޔާބު ހޯދާފައެވެ. ރާއްޖެ ބަލިވީ ޗެމްޕިއަން އިންޑިއާ އަތުންނެވެ.

އިންޑިއާ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. ޗެމްޕިއަންކަން ހޯދުމާއެކު، އެ ޓީމު ވަނީ މި އަހަރު ސެޕްޓެމްބަރު މަހު އީރާންގައި ބާއްވާ ފީބާ އޭޝިއާ ޗެލެންޖަށް ކޮލިފައިވެފައެވެ.