ގޯލްޑް ކަޕް

އޭދަފުށީގެ ގޯލްކީޕަރާއި މާފުއްޓަށް ފިޔަވަޅު އަޅައިފި

މާފުށީގެ ކެޕްޓަން އަހްމަދު އަބްދުއްސައްތާރަށް އޭދަފުށީގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު ކުރި ނުރައްކާތެރި ފައުލު -- ފޮޓޯ: ޕީއެސްއެމް ނިއުސް
50%
50%
0%

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ކ. މާފުއްޓާއި ބ. އޭދަފުށީ ޓީމު ކުޅުނު މެޗުގައި މާފުށީގެ ކެޕްޓަން އަހްމަދު އަބްދުއްސައްތާރަށް އޭދަފުށީގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު ކުރި ނުރައްކާތެރި ފައުލާ ގުޅިގެން މާފުށީ ސަޕޯޓަރުން ދަނޑުމައްޗަށް އަރައި ހިންގި ހަމަނުޖެހުމުގެ ސަބަބުން، މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން މާފުއްޓާ ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ.

މެޗުގެ އެންމެ ފަހު މިނެޓުގައި އޭދަފުށީ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދުގެ ނުރައްކާތެރި ފައުލަކާ ގުޅިގެން، މާފުށީ ޓީމުގެ ސަޕޯޓަރުން ކުއްލިއަކަށް ދަނޑަށް އަރައި، ސެކިއުރިޓީ ފެންސު ވައްޓާލި އެވެ.

ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައި، މާފުށީ ޓީމަށް 3،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅައި އޭގެއިތުރުން އިތުރު އިންޒާރެއް ވެސް ދީފައިވެ އެވެ. ޖޫރިމަނާ ފައިސާ މާފުށީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗުގެ ކުރިން ދައްކަންޖެހޭ ކަމަށް ކޮމިޓީން ނިންމާފައިވެ އެވެ.

ކ. މާފުއްޓާއި ބ. އޭދަފުށީ ޓީމު ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން

ކޮމިޓީގެ އިތުރު އިންޒާރެއްގައި، މާފުށި ޓީމުގެ ސަޕޯޓަރުން ނުވަތަ އޮފިޝަލުން މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، ޖޫރިމަނާގެ އަދަދު އެތައް ގުނައަކުން އިތުރުކުރާނެ ކަމަށްވެސް ވަނީ އަންގާފަ އެވެ.

މާފުށީގެ ކެޕްޓަން އަހްމަދު އަބްދުއްސައްތާރަށް އޭދަފުށީގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ކޮމިޓީން ވަނީ ނައިންޓީ ޕްލަސް ގޯލްޑް ކަޕުން ބާއްވާ އެންމެހާ މުބާރާތްތަކުން އޭދަފުށީގެ ގޯލްކީޕަރު އެއް އަހަރު ދުވަހަށް ސަސްޕެންޑުކޮށް 5،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އަންގާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910