އޭދަފުށި

ގޯލްޑް ކަޕް ކާމިޔާބުކުރި އޭދަފުށީ ޓީމަށް ހޫނު މަރުހަބާއެއް

އޭދަފުށީގެ ދެ ކެޕްޓަނުން ކަމަށްވާ ސައްޓު އާއި ފާއްޓޭ އުފާފާޅުކުރުންތަކުގެ ތެރެއިން ޓްރޮފީ އުފުލާލަނީ. -- ފޮޓޯ: ސިޑިބަރި
0%
0%
0%

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ޗެމްޕިއަންކަން ހޯދުމަށްފަހު އެނބުރި ރަށަށް ދިއުމުން ބ. އޭދަފުށި ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި މި ފުޓްބޯޅަ މުބާރާތުގައި ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމު ރަށަށް އައުމުން، ސަތޭކައަށްވުރެ ގިނަ އުޅަނދު ބައިވެރިވެގެން ކުރުފަލީގެ ހާއްސަ މަރުހަބާއެއް ދިނެވެ.

ރަށުގެ ބަނދަރުމަތި ޒީނަތްތެރިކޮށް، ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ރަށު ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ ތިއްބެވެ.

ކުޅުންތެރިން ރަށަށް ފޭބީވެސް ރަތްދޫލައިގައެވެ. އެއަށްފަހު އެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްގެން ހަދާފައިވާ އުޅަނދަކަށް އަރައި، ރައްޔިތުންގެ މަރުހަބާއާއެކު ދިޔައީ ރަށުގެ ސްޓޭޑިއަމަށެވެ.

އުފާވެރި މި ރަސްމިއްޔާތު ބޭއްވީ ވިޔަފާރިވެރިޔާ އަހްމަދު ނަޒީރު (ކްރައުން ނަޒީރު) ހަދައިދިން ސްޓޭޑިއަމް ގައެވެ. އެއްހާސް ފަސްސަތޭކަ މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް އެރޭ އޮތީ އެއްކޮށް ފުރިފަ އެވެ.

ރަސްމިއްޔާތުގައި އަމިއްލަ ފަރާތްތަކުން ދިން ފައިސާގެ އިނާމުތަކާއި، ބ. އަތޮޅު ކައުންސިލާއި، އޭދަފުށީ ކައުންސިލުން ދިން ހަނދާނީ ލިޔުންތައް ޓީމާ ހަވާލު ކުރި އެވެ.

މީގެއިތުރުން، އެ ރަސްމިއްޔާތުގައި އޭދަފުށިން ފުޓްސަލް ދާއިރާއިން ވޭތުވެދިޔަ އަހަރު ހޯދާފައިވާ އެކި ކާމިޔާބީތައްވެސް ފާހަގަކުރި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678