ހަބަރު

ޓޫރިޒަމް މިނިސްޓަރުގެ ހާލު ސީރިއަސްވެ، ލަންކާގައި ފަރުވާދެނީ

Jul 8, 2016
2

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާ ކޮލަމްބޯ އެއާޕޯޓްގައި ހުއްޓާ ކުއްލި އާލާސްކަންފުޅެއް ކުރިމަތިވެ، ލަންކާ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

"އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި ލަންކާގައި ހުންނެވުމަށް ފަހު، އެނބުރި ރާއްޖެ ވަޑއިގަތުމަށް އެއާޕޯޓަށް ވަޑައިގެން ހުންނަވަނިކޮށް، ޒަމީރުގެ މޭ ދަށަށް ކުއްލިއަކަށް ތަދެއް އަރައިގެން ނިގަމްބޯ ހޮސްޕިޓަލަކަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ. އަދި އިތުރު ފަރުވާއަށް ޒަމީރު ލަންކާ ހޮސްޕިޓަލަށް ބަދަލުކޮށް އަންނަނީ ފަރުވާދެމުންނެވެ.

ޓޫރިޒަމް މިނިސްޓަރަށް ކުރިމަތިވީ ކޮން ސިއްހީ މައްސަލައެއް ކަމެއް އަދި ސާފުވާގޮތެއްނުވެ އެވެ.