ރާއްޖެ ކުޅިވަރު

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ކަމަށް ސާންތީ

ރާއްޖޭގެ ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ކަމަށް ކުލަބް އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ހަމަޖައްސައިފި އެވެ.

ކުޅިވަރު ކޯޕަރޭޝަންއަކީ ކުޅިވަރު ގާނުނުގެ ދަށުން، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އުފައްދާފައިވާ ވިޔަފާރި ކުންފުންޏެކެވެ.

ޕްރައިވެޓައިޒޭޝަން ބޯޑްގެ ޗެއާމަން މުހައްމަދު ނިޒާރު އަވަސް އަށް ވިދާޅުވީ ސާންތީ ޗެއަމަން ކަމަށް ހަމަޖެއްސެވީ، ސަރުކާރުން އޭނާގެ ނަން ފޮނުވުމުން، ޕްރައިވެޓައިޒޭޝަން ބޯޑުން ދިރާސާ ކުރުމަށްފަހު، އޭނައަކީ އެ ކޯޕަރޭޝަންގެ ޗެއާމަންގެ މަގަމަށް އެކަށީގެންވާ ބޭފުޅެއްތޯ ބެލުމަށް ފަހުގައި ކަމަށެވެ.

ސާންތީ އަކީ ޔޫތު މިނިސްޓްރީގެ ދަށުން އޮންނަ ކުޅިވަރު ކައުންސިލްގެ ވެސް މެންބަރެކެވެ. ދެހާސް އަށް ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދިއިރު، ސާންތީއަކީ ދިވެހި ޓީމުގެ އެއް އެސިސްޓެންޓް ކޯޗެވެ.