ރާއްޖެ ކުޅިވަރު

ސާކް ޖޫނިއާ ޓީޓީ މުބާރާތުން، ރާއްޖެ އަށް ރިހިމެޑަލް

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕުން ރާއްޖޭގެ ޒުވާން އަންހެން ޓީޓީ ޓީމު ރިހިމެޑަލް ހޯދައިފިއެވެ.

ސާކްގެ ހުރިހާ ގައުމަކުން ބައިވެރިވި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ރިހިމެޑަލް ހޯދީ މިއަދު ނޭޕާލްގެ މައްޗަށް ތިން ގޭމް، ދެ ގޭމުން ކުރި ހޯދައިގެންނެވެ.

ރާއްޖެ ކާމިޔާބު ކުރި ތިން ގޭމްގެ ތެރެއިން، ދެ ގޭމް ކާމިޔާބު ކުރީ ރާއްޖޭގެ އެއްވަނަ ޒުވާން ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްއެވެ. އަނެއް ގޭމް ކާމިޔާބުކުރީ ލައިސާ ފަތުހުﷲއެވެ.

މިއަދު ރާއްޖޭގެ ޓީމު ވަނީ ޕާކިސްތާންގެ މައްޗަށްވެސް ތިން ގޭމް ދެ ގޭމްއިން ކުރި ހޯދާފައެވެ.

ރަފާއާއި ލައިސާގެ އިތުރުން އާމިނަތު މަލީޝާ 15 އަހަރުން ދަށާއި ޖުނިއާ 18 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރެއެވެ. މާދަމާ 15 އަހަރުން ދަށުގެ ކެޓަގަރީގައި ނޭޕާލް ބަލިކޮށްފިނަމަ އެކެޓަގަރީން ވެސް ރާއްޖެއަށް ރިހި މެޑަލް ލިބިގެންދާނެއެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން، މިމުބާރާޓުގައި ލޯ މެޑަލް ހޯދާފައެވެ. މިއީ ރާއްޖެއިން ރިހި މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.