ރާއްޖެ ކުޅިވަރު

ދިވެހި ލީގަށް 8.6 މިލިއަން ރުފިޔާ، ކުލަބަކަށް އެއް މިލިއަން

މިއަހަރުގެ ދިވެހި ޕްރިމިއާ ލީގަށް 8.6 މިމިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި ލީގްގައި ވާދަ ކުރާ ކޮންމެ ކުލަބަކަށް އެއް މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް އެފްއޭއެމްގެ ކޮންގްރެސްއިން ފާސްކޮށްފިއެވެ.

ޗަމްޕާ ސެންޓަރަލް ހޮޓެލްގައި އެފްއޭއެމްގެ މިއަހަރުގެ ބަޖެޓް ފާސް ކުރުމަށް ބޭއްވި ކޮންގްރެސްގައި ކުލަބުތަކަށް ސަބްސިޑީގެ ގޮތުގައި ލީގުގައި ވާދަކުރާ އަށް ޓީމަށް ދިނުމަށް ކަނޑައަޅައިފައިވަނީ އަށް މިލިއަން ރުފިޔާއެވެ.

ލީގަށް ކަނޑައެޅި 8.6 މިލިއަން ރުފިޔާގެ ތެރެއިން، ޗެމްޕިއަންއަށް ޓީމަށް ތިން ލައްކަ ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ދެ ލައްކަ ރުފިޔާ ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކުގެ މެދުގައި ބާހާލާ ގޮތަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތައް 1.2 މިލިއަން ރުފިޔާ ވަނީ ކަނޑައާޅައިފައެވެ. އަދި ދެ ވަނަ ޑިވިޝަންގައި ވާދަކުރާ ކޮންމެ ކުލަބަކަށް އެއް ލައްކަ ރުފިޔާ ދިނުމަށްވެސް ވަނީ މިއަދު ފާސް ކުރި ބަޖެޓްގައި ހިމަނާފައެވެ.