ރާއްޖެ ކުޅިވަރު

ރަފާ އާއި ލައިސާ އަށް ރިހިމެޑަލް، ރާއްޖެ އަށް ލޯ މެޑަލް

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕްގެ ކެޑޭޓް ކެޓަގަރީގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ރަފާ ނާޒިމްއާއި ލައިސާ ފަތުހުﷲގެ ޕެއާ ރިހި މެޑަލް ހޯދިއިރު، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމް ލޯ މެޑަލް ހޯދައިފިއެވެ.

އަވަށްޓެރި ޕާކިސްތާނުގެ ލާހޫރުގައި ކުރިއަށްދާ މުބާރާތުގައި ރަފާއާއި ލައިސާގެ ޕެއާ ރިހި މެޑަލް ހޯދީ ޕާކިސްތާންގެ ޕެއާގެ މައްޗަށް ސީދާ ތިން ގޭމުން ކުރި ހޯދައިގެންނެވެ.

ރާއްޖެއަށް ލިބުނީ ލޯ މެޑަލް ލިބުނީ ޓީމު އިވެންޓްގައި މިއަދު ނޭޕާލް އަތުން ބަލިވުމުންނެވެ. އެމެޗުން މޮޅުވި ނަމަ ރާއްޖެއަށް ރިހި މެޑަލް ލިބޭނެއެވެ. ނޭޕާލް އަތުން ރާއްޖެ ބަލިވީ ތިން ގޭމް އެއް ގޭމުންނެވެ.

ކެޑޭޓް ކެޓަގަރީއަކީ، 16 އަހަރުން ދަށާއި 15 އަހަރުން ދަށް ހިމެނޭ ގޮތަށް ޓީޓީގައި ކަނޑައަޅާފައި ނަމެވެ. މި ކެޓަގަރީން ރާއްޖެ ވަނީ އިއްޔެ ރިހިމެޑަލް ހޯދައިފަ އެވެ.

އިއްޔެ ރާއްޖޭގެ ޖޫނިއާ ޓީމު ވަނީ ނޭޕާލްގެ މައްޗަށް ކުރި ހޯދައި، އެކެޓަގަރީންވެސް ރިހި މެޑަލް ހޯދާފައެވެ.