ހަބަރު

އެސްޓީއޯ ފުޅަނދު: އެލިސް އިން ވޮންޑަލޭންޑްގެ ސައި ޕާޓީ!

Jul 26, 2016
  • މި ފުޅަނދު ހާއްސަ ކުރަނީ ކުޑަކުދިންނަށް
  • ފުޅަނދު ބުރު އޮތީ 28، 27 ވަނަ ދުވަހު
  • އެސްޓީއޯ ފުޅަނދުގައި ކާޓޫނު ކެރެކްޓާ

މިނިވަން ދުވަހުގެ ފުޅަނދު ބުރަށް އެސްޓީއޯ އިން ދަނީ ތައްޔާރުވަމުންނެވެ. އެސްޓީއޯ މުވައްޒަފުންގެ ހާއްސަ މަސައްކަތެއްގެ ގޮތުގައި މި ފަހަރު އެ ކުންފުނިން ކުޑަ ކުދިންނަށް ދެނީ ހާއްސަ ހަދިޔާ އެކެވެ. އެ ކުންފުނީގެ ފުޅަނދުން ދައްކުވައިދެނީ އެލިސް އިން ވޮންޑަލޭންޑް ކާޓޫނެވެ.

"މިނިވަންދުވަހަކީ ހުރިހާ އުމުރުފުރައެއްގެ މީހުންފާހަގަކުރާ ގައުމީ އީދެކެވެ. ވަކިން ހާއްސަކޮށް ކުޑަކުދިން މި އުފާވެރި ދުވަހުގެ ހަރަކާތްތަކުގައި މުހިންމު ރޯލެއް އަދާކުރެ އެވެ. އެހެންކަމުން އެސްޓީއޯ އިން މި ފަހަރު ވެސް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ފުޅަނދަކީ ކުޑަކުދިންނަށް ކަމުދާނެކަހަލަ، ކުޑަކުދިންނާއި ގުޅޭ ފުޅަނދެކެވެ،" އެސްޓީއޯ އިން ބުނެފައިވެ އެވެ.

އެސްޓީއޯ އިން މީގެ ކުރިން ވެސް ބައިވެރިކޮށްފައިވާ ފުޅަނދު ތަކަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެ އެވެ. އެހެންވެ ބުދަ ދުވަހު ދައްކާލާ ފުޅަނދުން ވެސް ތަފާތުވާނެ ކަމާމެދު ޝައްކެއްނެވެ. ހާއްސަކޮށް މި ފުޅަނދުގެ ސަބަބުން ކުޑަ ކުދިންގެ ހިތްތަކަށް އުފާވެރިކަން ލިބުމަކީ އެ ކުންފުނީގެ މަގަސަދެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ މުވައްޒަފުންގެ އެއްބާރުލުމާއެކު ހަދާ މި ފުޅަނދުގައި އެލިސް އިން ވޮންޑަލޭންޑް ކާޓޫނުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

"ކާޓޫނުގައި ދައްކާލާ ޓީޕާޓީ އާއްމު ގޮތެއްގައި ފެންނާނީ. ކެރެކްޓާތައްވެސް ފެންނާނެ،" އެސްޓީއޯގެ އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ އިން މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅިގެން މިދިޔަ އަހަރު ދައްކާލާފައިވަނީ އެ ކުންފުނީގެ ތާރީހެވެ. އެ ކުންފުނީގެ ވިޔަފާރި ކުރިއަރައިގެން ދިޔަ ގޮތެވެ. ނަމަވެސް މިފަހަރު މި އަންނަނީ ކުޑަކުދިން ހެއްވާލާނެ، ހިނިތުންކޮށްލާނެ ފުޅަނދެއްގަ އެވެ. 27 ވަނަ ދުވަހުގެ ހަވަހުގެ ރޭގަނޑާއި 28 ވަނަ ދުވަހުގެ ހަވީރު ފުޅަނދު ބުރު އޮންނާނެ އެވެ.