ވިޔަފާރި

މަޓާޓޯ އަަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވަނީ

Jul 28, 2016
2

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މަޓާޓޯއިން ބުނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާގެ މުހިންމު މަގާމުތަކަށް މެންބަރުން ހޮވުން އޮންނާނެ އެވެ. އެގޮތުން އޭޖީއެމްގައި ބައިވެރިވުމަށް އެޖަމިއްޔާ އިން ވަނީ އާއްމު މެންބަރުންނަށް ދައުވަތު ދީފަ އެވެ. އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެނީ ރަޖިސްޓްރީ ކޮށްގެނެވެ.

އަހަރީ އާއްމު ޖަލްސާގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ރައީސާއި ނައިބް ރައީސް އަދި ހަޒާންދާރުގެ އިތުރުން ބޯޑަށް ފަސް މެންބަރުން ހިމެނެ އެވެ. މި މަގާމުތަކަށް ނަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިންނެވެ.