ވިޔަފާރި

އާދިއްތަ ދުވަހު ބޭންކްތައް ހުޅުވައި ހިދުމަތް ދޭނެ

Jul 28, 2016

އަންނަ އާދިއްތަ ދުވަހު ސަރުކާރު ބަންދު ނަމަވެސް އެމްއެމްއޭ އާއި ބޭންކްތައް ހުޅުވައި ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ، އާދިއްތަ ދުވަހު ހެނދުނު 8:00 އިން 2:30 އަށް އެ އިދާރާ އާއި ބޭންކްތައް ހުޅުވައިގެން ހިދުމަތް ދޭނެ ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 26 އިން ފެށިގެން ހަ ދުވަހުގެ ޗުއްޓީއެއް ވަނީ ދީފަ އެވެ. އަދި މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް، ނިމެނީ 30 ވަނަ ރޭގައި ކަމަށް ވުމުން ރައީސް ވަނީ މި މަހުގެ 31 ވާ އާދިއްތަ ދުވަސް ވެސް ބަންދު ކުރައްވަން ނިންމަވައިފަ އެވެ.