ހަބަރު

ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ހަސަން ހަބީބު ހަމަޖައްސައިފި

ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ކަމަށް ހަސަން ހަބީބު މިއަދު އައްޔަން ކުރައްވައިފި އެވެ.

އޭނާ ހުންނެވީ މިހާތަނަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގަ އެވެ. އޭނާއާ އެ މަގާމު ހަވާލު ކުރީ މިއަދު ހުސެން އާދަމް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ހަސަން ހަބީބާ އެކު ޑެޕިއުޓީ ކޮމިޝަނަރުންގެ އަދަދު ތިނަކަށް ވީ އެވެ. އެ މަގާމުގައި ދެން ތިއްބަވަނީ މުހައްމަދު ސޯދިގާއި މުހައްމަދު ސައުދީ އެވެ.