ވިޔަފާރި

ސިފައިންނާއި ފުލުހުންނަށް ހާއްސަ ބޮޑީ ސްޕްރޭއެއް ނެރެފި

Aug 27, 2016
2

މަޝްހޫރު ސެންޓު އުފައްދާ ކުންފުނި، އައިފީ އިން އުފައްދާފައިވާ "ރޭންޖާސް" ބޮޑީ ސްޕްރޭ ރާއްޖޭގެ މަރުކޭޓަށް ނެރެފި އެވެ. މި ބޮޑީ ސްޕްރޭ ރާއްޖޭގެ މާކެޓަށް ނެރެފައިވަނީ ޕޮއިޒް ފިހާރައިންނެވެ.

"ރޭންޖާސް" ބޮޑީ ސްޕްރޭ އަކީ ސިފައިންނާއި ފުލުހުންނަށް ހާއްސަ ބޮޑީ ސްޕްރޭއެކެވެ. އައިފީއިން މި ބޮޑީ ސްޕްރޭ އުފައްދަނީ ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ރޭ އެމްއެންޑީއެފްގެ "ސިފްކޯ ފެމިލީ މާޓް"ގައި އޮތް ރަސްމިއްޔާތެއްގައި ބޮޑީ ސްޕްރޭ ނެރެ ދެއްވީ، އެމްއެންޑީއެފް ސްޕެޝަލް ފޯސްގެ ކޮމާންޑިން އޮފިޝާ ލެފްޓިނެންޓް ކާނަލް ހަސަން ޝާހިދެވެ. ރޭ މި ބޮޑީ ސްޕްރޭގެ 16 ވެރައިޓީއެއް ވަނީ ތައާރަފްކޮށްފަ އެވެ.

ޕޮއިޒް ފިހާރައިން ބުނެފައިވާ ގޮތުގައި މި ބޮޑީ ސްޕްރޭ އެ ފިހާރައިންނާއި ސިފައިން އަދި ފުލުހުންގެ ފިހާރަތަކުން ލިބޭނެ އެވެ. ފުލުހުންނާއި ސިފައިންނަށް މި ބޮޑީ ސްޕްރޭ ހާއްސަ އަގެއްގަ ލިބޭނެ ކަމަށް ވެސް އެ ފިހާރައިން ބުނެ އެވެ.

މަޝްހޫރު ފޮގް ސެންޓާއި ފޮގް ބޮޑީ ސްޕްރޭވެސް ސޯލް ޑިސްޓްރިބިއުޓާ އަކީ ވެސް ޕޮއިޒް އެވެ.