ވިޔަފާރި

އަލްނޫރު އަދި ޑެވޮންޑޭލް ހިކި ކިރު ޕެކެޓްގެ އަގު ހެޔޮކޮށްފި

Aug 31, 2016

އެސްޓީއޯ އިން ބާޒާރަށް ނެރެ ވިއްކަމުންދާ އަލްނޫރު އަދި ޑެވޮންޑޭލް ހިކި ކިރު ގެ އަގު މިއަދު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނީ، ކުރިން 85ރ. އަށް ވިއްކަމުން އައި 800 ގްރާމްގެ ޕެކެޓެއްގެ އަގު ވަނީ 80ރ. އަށް ހެޔޮކޮށްފައި ކަމަށެވެ. އަދި 185ރ. އަށް ވިއްކަމުން އައި 1800 ގްރާމްގެ ޕެކެޓެއްގެ އަގު ވަނީ 180ރ. އަށް ހެޔޮކޮށްފަ އެވެ. މީގެއިތުރުން 228ރ. އަށް ވިއްކަމުން އައި 2250 ގްރާމްގެ ޕެކެޓެއްގެ އަގު ވަނީ 220ރ. އަށް ހެޔޮކޮށްފަ އެވެ.

ޑެވޮންޑޭލް ހިކިކިރު 105ރ. އަށް ވިއްކަމުން އައިއިރު، އެ ބްރޭންޑްގެ އެއް ކިލޯ ޕެކެޓެއްގެ އަގު ވަނީ 100ރ. އަށް އެސްޓީއޯއިން ހެޔޮކޮށްފަ އެވެ.

އެސްޓީއޯ އިން މައުލޫމާތުދިން ގޮތުގައި މާލޭ ގައި ހުންނަ އެސްޓީއޯ ސުޕަމާޓް ފިހާރައިން ރީޓެއިލްކޮށް އަދި އަލަށް ހުޅުވި ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް އަލްނޫރު އަދި ޑެވޮންޑޭލް ލިބެން ހުނާނެ އެވެ. ހަމަ އެއާއިއެކު، އެސްޓީއޯ ގެ 13 ރީޖަނަލް ފިހާރައިންވެސް މި ދެ ބުރޭންޑް ގެ ހިކި ކިރު ހޯލްސޭލްކޮށް އަދި ރީޓެއިލް ކޮށް މާލެ އެކޭ އެއްއަގެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.