ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިންގައި ބަނގްލަދޭޝް އަތުން ގައުމީ ވޮލީ ޓީމު 3-1ސެޓުން ބަލިވެއްޖެ އެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓް ބަނގްލަދޭޝް ކާމިޔާބުކުރީ 28-26 އައި 25- 21 އިންނެވެ. ތިން ވަނަ ސެޓް ހޯދައި ރާއްޖެ ވާންކުރީ 15-25އިން ސެޓް ކާމިޔާބުކޮށްގެންނެވެ. ނަމަވެސް ހަތަރު ވަނަ 25-20އިން ކާމިޔާބުކޮށް ބަނގްލަދޭޝް މެޗު ނިންމާލީ އެވެ.
ރާއްޖެ ކޮލިފައިންގައި ދެން ވާދަކުރާނީ ތުރުކުމެނިސްތާން އަދި ކިރިގިސްތާނާ އެވެ. މި ޓީމުތަކާ ކުޅެން ގައުމީ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ފަރިތަކޮށް މުބާރާތަށް ރަނގަޅަށް ތައްޔާރުވެފަ އެވެ.
ގައުމީ ވޮލީ ޓީމުގެ ކޯޗަކީ ކުރީގެ ބާރު ޖެހުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. މެނޭޖަރަކީ ޑިލައިޓް އަލީ ލަތީފެވެ.