ހައްޖުގެ އަޅުކަން

ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ކަސްޓަމުން ހަމަޖައްސައިފި

މިއަދު ރާއްޖެ އައި ބައެއް ހައްޖުވެރިން އެއާޕޯޓުގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން
0%
0%
0%

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަސްޓަމްސްއިން ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފި އެވެ. -- މި އަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކުރި ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ވިދާޅުވީ، އަޅުކަމަށް ފަހު ހައްޖުވެރިން ރާއްޖެ އަންނަން ފެށުމާއެކު އެއާޕޯޓްގައި ޑިއުޓީގައި ތިބޭ ކަސްޓަމް އޮފިސަރުން އިތުރުކޮށްފައިވާ ކަމަށެވެ. އޭގެއިތުރުން ހައްޖުވެރިންނަށް ވީހާވެސް އަވަހަކަށް ކްލިއާވެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފަ ކަމަށެވެ.

އެގޮތުން ހައްޖުވެރިންނަށް އެއާޕޯޓުގެ ގްރީން ޗެނަލް ބޭނުންކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އެ ޗެނަލްއަކީ ކްލިއާވުމަށް ފަސޭހަ އިންތިޒާމްތަކެއް ހިމަނާފައިވާ ޗެނަލެކެވެ.

ނިޔާޒު ވިދާޅުވީ، ހައްޖުވެރިންގެ ދަބަސް ލިބުނުހާ އަވަހަކަށް ހައްޖުވެރިންނަށް ކްލިއާވެވޭނެ ކަމަށެވެ. އެއާޕޯޓުގައި ގިނަ އިރު މަޑުކުރަން ހައްޖުވެރިންނަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރު ރާއްޖެ އިން 2000 މީހުން ހައްޖަށް ދިޔައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910