ރާއްޖެ ކުޅިވަރު

އިއްބަޑޭ ދުނިޔޭގެ ގަދަ 16 އަށް

Sep 19, 2016

އެމެރިކާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފްލައިބޯޑު މުބާރާތުގެ ގަދަ 16 އިން ރާއްޖޭގެ އިބްރާހިމް ހުސެއިން (އިއްބަޑޭ) ޖާގަ ހޯދައިފި އެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ގަދަ 16 އަށް ދިޔައީ ޕްރޯ ފްލައިބޯޑާސް ބައިންނެވެ. އޭނާ ވަނީ މިދިޔަ އަހަރު މި މުބާރާތުގައި ވެސް ވާޑަކޮށް ގަދަ 26ގައި ހިމެނިފަ އެވެ.

ފްލައިބޯޑިންގައި ރާއްޖޭގެ އެއްވަނަ މަގާމުގައި ހުރި އިއްބަޑޭ ވަނީ ފަހަކަށް އައިސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.