ރާއްޖެ ކުޅިވަރު

އޭޝިއަން ބީޗް ގޭމްސްގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފް ޝައްފަ އަށް

އަންނަ ހޮނިހިރު ދުވަހު ވިއެޓްނާމްގެ ހެނޯއީގައި ފަށާ އޭޝިއާގެ ފަސް ވަނަ ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލައިދޭނީ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން އައިޝަތު ޝައްފައެވެ.

ރޭ ވިއެޓްނާމްއަށް ފުރުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޝައްފައާ ދިދަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.

ޝައްފަ ވަނީ 2010 ވަނަ އަހަރާއި 2013 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ބީޗްގޭމްސްގައި ރާއްޖެއިން ވާދަ ކުރަނީ ބީޗް ވޮލީ އިން އެކަންޏެވެ.