ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ އިންޓަ އޮފީސް ކެރަމް މުބާރާތް މިމަހު 30 ގައި ބާއްވަން އިއުލާންކޮށް މުބާރާތުގެ ކުރިމަތިލުމުގެ ފުރުސަތު މިއަންނަ އާދިއްތަ ދުވާހަ ހަމަޔަށް ހުޅުވާލާފިއެވެ.
ސަރުކާރާއި އަމިއްލަ އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާޓުގައި ޓީމު އިވެންޓްގެ އިތުރުން ޑަބްލްސް އާއި މިކްސް ޑަބަލްސް އިވެންޓާއި ސިންގަލް އިވެންޓް ކެޓަގަރީވެސް ކުރިއަށް ގެންދިއުމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.
ކެރަމް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އަހްމަދު ސައީދު ވިދާޅުވީ މިއަހަރު ޑިސެމްބަރު އިނގިރޭސި ވިލާތުގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންވެސް އިންޓަ އޮފީސް މުބާރާތުގައި ވާދަ ކުރާނެ ކަމަށެވެ.