ރާއްޖެ ކުޅިވަރު

ތިން ލަނޑުގެ ލީޑެއްގައި އޮއްވައި ބީޖީއިން ޔޫވީއާ އަރާ ހަމަކޮށްފި

ޔޫތު ޗެމްޕިއަންޝިޕްގައި ޔުނައިޓަޑް ވިކްޓްރީއިން ތިން ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ބީޖީއން އެޓީމާ އެއް ވަރުކޮށްފި އެވެ.

މެޗަށް ނިކުތުމުގެ ކުރިން އެންމެ ޕޮއިންޓެއްގައި އޮތް ޔުވީއިން ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހުމުން، ގިނަ ބަޔަކު ހީކުރީ އެޓީމު މެޗުން މޮޅުވެ ތާވަލުގެ ފުލުން ސަލާމަތް ވާނެ ކަމަށެވެ.

ނަމަވެސް ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުން ބީޖީން ވަނީ ނަތިޖާ ހަމަހަމަ ކޮށްފަ އެވެ.

ޔޫވީގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަސަން ނިމާލްއެވެ. ދެ ވަނަ ލަނޑު 22 ވަނަ މިނެޓްގައި އަހްމަދު އައިހަން ކާމިޔާބު ކުރިއިރު ތިން ވަނަ ލަނޑު 43 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނަޝާހް އަހްމަދެވެ.

ބީޖީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ހުސައިން ރައިހާން އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ އަބްދުﷲ ޒިޔާންއެވެ. ބީޖީގެ ލަނޑުތައް ކާމިޔާބު ކުރީވެސް މެޗްގެ އެންމެ ފަހު 20 މިނެޓްގައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު މިހަތަނަށް ހަތަރު ޕޮއިންޓް ހޯދައިގެން ބީޖީ އޮތީ ތަވަލުގެ ފަސް ވަނައިގަ އެވެ.

ތާވަލުގެ އެއް ވަނައިގައި އޮތީ ބުރާސްފަތި ދުވަހު ނިއުރޭޑިއަންޓް އަތުން މޮޅުވި ޓީސީއެެވެ. އެޓީމަށް ކުރި ލޮބެނީ 10 ޕޮއިންޓާއެކުއެވެ.