ވިޔަފާރި

އެސްޓީއޯ އިން ގެސްޓްހައުސްތަކަށް ހާއްސަ އަގެއް!

Sep 24, 2016

އެސްޓީއޯ ހޯމްއިމްޕްރޫމަންޓުން ވިއްކާ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ޕެކޭޖުކޮށް، ގެސްޓްހައުސްތަކަށް ހާއްސަ އަގުތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ "ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސުގައި" އެސްޓީއޯއިން "ސިމްޕްލިފައި ޔުއޯ ގެސްޓްހައުސް" ގެ ނަމުގައި ތައާރަފުކޮށްފައިވަނީ ހަތަރު ޕެކޭޖެކެވެ. މި ޕެކޭޖުތަކުގެ ތެރެއިން ތަކެތި ގަތުމުން، އާއްމުކޮށް މި ޕްރޮޑަކްޓް ގަންނަ އަގަށް ވުރެ ހެޔޮވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ އިން ނެރުނު ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ، ރޫމް ޕެކޭޖަކާއި ކިޗަން ޕެކޭޖެއްގެ އިތުރުން މިސެލޭނިއސް ޕެކޭޖެކެވެ. ރޫމް ޕެކޭޖުގައި ގެސްޓްހައުސްތަކުގެ ކޮޓަރިތަކުގައި ހުންނަ އޭޝީ އާއި ފެންކައްކާ ކުރާ ފަދަ ސާމާނު ހިމެނެ އެވެ. އަދި ކިޗަން ޕެކޭޖުގައި ބަދިދޭގައި ބޭނުންކުރާ ފްރިޖާއި ޓޯސްޓަރުގެ ފަދަ ސާމާނު ހިމެނެ އެވެ. މީގެ އިތުރުން މިސެލޭނިއަސް ޕެކޭޖުގައި އެއާޕިއުރިފަޔާ ފަދަ ބާވަތްތައް ހިމެނެ އެވެ. އަގުތައް ގެސްޓްހައުސްތަކާ ހިއްސާ ކުރަމުން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ވިއްކާ ފިލިޕްސް އާއި ހިޓާޗީގެ އެކި ސާމާނު ހިމެނޭ މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ގެސްޓްހައުސް ތަކުގެ ކޮޓަރިތަކަށް ބަލައިގެންނެވެ. މިގޮތުން އަގުތައްވެސް ހާއްސަކޮށްފައިވަނީ ގެސްޓްހައުސްތަކަށް ބަލާފަ އެވެ.