ައިނަލްގައި ޅ. ނައިފަރުގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ބ. އޭދަފުށި ހޯދައިފިއެވެ
އޭދަފުށިގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިޝާން އިބްރާހިމްއެވެ.
އޭދަފުށީގެ ދެ ވަނަ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގައުމީ ޓީމުގެ މިޑްފީލްޑާ އަލީ ފާސިރު (ސެންޓޭ) ގެ ބޭބޭ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.
އޭދަފުށީގެ ތިން ވަނަ ލަނޑު 79 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އާދަމް ނިޒާމްއެވެ. ހަތަރު ވަނަ ލަނޑު 83 ވަނަ މިނެޓް ގައި ކާމިޔާބު ކުރި އަބްދުލް މަޖީދު އިބްރާހިމްއެވެ.
ޒޯން ޗެމްޕިއަންޖަން ހޯދުމުން އޭދަފުށި ވަނީ މުބާރާތުގެ ކްއާޓާ ފައިނަލުންޖާގަ ހޯދާފައެވެ. ކްއާޓާ ފައިނަލްގައި ވާދަ ކުރާނީ ޒޯން ޗެމްޕިއަން ޓީމު ތަކެވެ.