ހަބަރު

ޖައިލަމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

Mar 3, 2015
1

ވަޅި ހެރުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި މުހައްމަދު ޖައިލަމް، 24 މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ނަމަވެސް ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ގޭގެ ދޮރުމަތީ ގޮނޑިއެއްގައި އިންދާ ޖައިލަމް މަރާލާފައިވަނީ ކަރަށް ވަޅި ހަރައި ކަރުގެ ނާރުތައް ބުރި ކޮށްލައިގެނެވެ.