ވިޔަފާރި

އެކްސްއެލް އެނާޖީ ޑްރިންކްގެ ފުރަތަމަ ސައިކަލު ހަވާލުކޮށްފި

Nov 2, 2016

އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ސައިކަލު ލިބޭ ފަރާތް ހޮވައި އެ ސައިކަލު ހަވާލުކޮށްފި އެވެ.

"އެކްސްއެލް ޓެބް ޕްރޮމޯޝަން" ގެ ނަމުގައި މިދިޔަ މަހުން ފެށިގެން އަންނަ މަހުގެ 29 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިންނަށް ސައިކަލާއި ބައިސްކަލް ދޭނެ އެވެ. އަދިި ވަގުތުން ދޭ ބޯނަސް އިނާމުގެ ގޮތުގައި އެކްސެލް ކޭހެއް ލިބޭ އެވެ.

ޓީވީއެމް އާއި ރާއްޖެ ޓީވީން ލައިވްކޮށް މިނެގި ގުރުއަތުގައި ފުރަތަމަ އިނާމު ލިބުނީ ބަންގްލަދޭޝްގެ މޮނީރު އަށެވެ.

މި ޕްރޯމަޝަންގެ އެންމެ ހާއްސަ އިނާމަކީ ދެ މީހަކަށް ދޭ ދުބާއީ ދަތުރެވެ. މި އިނާމު ދޭނީ ޕްރޮމޯޝަން ނިމުމުންނެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅުގެ މަތިގަނޑުގެ ދަށުގައި އިންނަ ކޯޑު "7755" އަށް މެސެޖު ކޮށްގެން ބައިވެރިވޭނެ އެވެ.