އަބްދުﷲ ޖިހާދު

މާލީ ދާއިރާ ހަރުދަނާކުރަން ނައިބު ރައީސް އިންޑިއާއާ މަޝްވަރާކޮށްފި

Nov 21, 2016
1

އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، އިންޑިޔާގެ ނައިބު ރައީސް އެމް. ހާމިދު އަންސާރީއާ މިރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓަލްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން، ސަރަޙައްދީ ރައްކާތެރިކަމާ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިގެ މުއާމަލާތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު ވެސް މަޝްވަރާ ކުރެއްވިއެވެ.

އެ ގޮތުން، ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކުރުމުގެ މުހިންމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.