ވިޔަފާރި

އެފްއެންބީ ޝޯގެ މިފަހަރުގެ މެއިން ސްޕޮންސަރަކަށް މެގީ

Dec 17, 2016
  • ފެއާ އޮތީ އަންނަ އަހަރުގެ މެއި މަހު
  • މި އަހަރު ބޮޑެތި ބްރޭންޑްތައް ބައިވެރިވި
  • ވިޔަފާރިވެރިންނާއި އާއްމުންނަށް ހުޅުވިފައި

އަންނަ އަހަރު ބާއްވާ "އެފްއެންބީ ޝޯ 2017" ފެއާގެ މެއިން ސްޕޮންސަރަކަށް މަޝްހޫރު މެގީ ނޫޑްލްސް ހަމަޖައްސައިފި އެވެ.

އެފްއެންބީ ޝޯވް އިންތިޒާމުކުރާ ހައިރައިޒްގެ ޖެނެރަލް މެނޭޖަރު ހަބީބާ ހުސެއިން ވިދާޅުވީ އަންނަ އަހަރުގެ އެފްއެންބީ ޝޯ ވެސް ވަރަށް ކާމިޔާބުވާނެ ކަމަށް އުންމީދު ކުރެވެ އެވެ.

"އެފްއެންބީ ޝޯއަކީ ޕަބްލިކް އަދި ލޯކަލްއަށް ޓާގެޓް ކޮށްގެން ބާއްވާ އިވެންޓެއް. މި އަހަރުގެ އިވެންޓަށްވުރެ ވެސް އަންނަ އަހަރުގެ އިވެންޓް ކާމިޔާބުވާނެ،" ހަބީބާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ އެފްއެންބީ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 18-20 އަށެވެ.

މި އަހަރު ބޭއްވި އެފްއެންބީ ޝޯގައި ރާއްޖޭގެ މަޝްހޫރު ބްރޭންޑްތައް ބައިވެރިވެފައިވެ އެވެ. މިގޮތުން މި އަހަރު ބައިވެރިވެފައިވާ މަަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ނެސްލޭ އާއި ސީޒަން ޓްރޭޑް އަދި ހެޕީ މާކެޓާއި ސަނީ އެންޓްޕްރައިސަސް އިން ރާއްޖެ އެތެރެ ކުރާ ބޮޑެތި ބްރޭންޑްތައް ހިމެނެ އެވެ.