ހަބަރު

އައިޔޫއެމްގެ ޖެނުއަރީ މަހުގެ ކޯސްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އިސްލާމިކް ޔުނިވަސިޓީން އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އެ ޔުނިވަސިޓީން އިތުރުކޮށްފި އެވެ. މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ ބާވީހާ ހަމައަށެވެ.

އިސްލާމިކް ޔުނިވަސިޓީން ބުނީ، އެ ޔުނިވަސިޓީގެ ޖެނުއަރީމަހުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާކަމަށް ކުރިން ބުނެފައިވީ ނަމަވެސް މުއްދަތު 22 އަށް އިތުރުކޮށްފައިވާ ކަމަށެވެ. މުއްދަތު އިތުރުކުރީ، އަދިވެސް ކޯސްތަކަށް ފޯމް ހުށަހަޅަން އެދި ގުޅާތީ ކަމަށެވެ. އެހެންކަމުން 22ގެ ކުރިން ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އައިޔޫއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިސްލާޟިކް ޔުނިވަސިޓީން އަންނަ ޖެނުއަރީމަހު ފަށާ ކޯސްތަކުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ އިސްލާމިކް ފައިނޭންސްގެ އެކި ލެވެލްތަކާއި ޑޮކްޓާ އޮފް ފިލޯސަފީ އިން ފިގްހު އެންޑް އުސޫލުލް ފިގްހު އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ކޯސް ހިމެނެ އެވެ. އަދި މާސްޓާސް ފެންވަރުގެ ފަސް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓްގެ ކޯހަކާއި ބެޗްލާސް ޑިގްރީގެ އަށް ކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ހަ ކޯހަކާއި އެޑްވާންސް ސެޓްފިކެޓްގެ ކޯހެއް ވެސް ވަނީ ހުޅުވާލާފަ އެވެ.