ވިޔަފާރި

ގަމުން ލަންކާއަށް ފުރާ މީހުނަށް ޕްރޮމޯޝަނެއް ފަށައިފި

Dec 19, 2016

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާއަށް ދަތުރު ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ސްރީލަންކަން އެއާލައިންސް އިން ފަށައިފި އެވެ.

ސްރީލަންކަން އެއާލައިންސް އިން މިއަދު ބުނީ އެ އެއާލައިނުން ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ގަމުން ކޮލޮމްބޯއަށް ދަތުރު ކުރާ ފަރާތްތަކަށް ދެކޮޅު ޓިކެޓު ވިއްކަން ނިންމާފައި ވަނީ 198 ޑޮލަރަށް ކަމަށާއި ޓިކެޓު ވިއްކާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޕްރޮމޯޝަންގައި ހިމެނޭނީ އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ މަހު 31 އާ ދެމެދު ކުރާ ދަތުރުތައް ކަމަށް ވެސް ސްރީލަންކަން އެއާލައިންސް އިން ބުންޏެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފަށާފައިވަނީ މިމަހު އެއް ވަނަ ދުވަހު އެވެ. އެއީ އެ އެއާލައިންސްއިން މި އަހަރު އަލަށް ދަތުރުތައް ފެށި 11 ވަނަ މަންޒިލެވެ.