ރިޔާޒް ރަޝީދު

ރިޔާޒު ރަޝީދުގެ ގޭގެ ދޮރަށް ވަޅި ޖަހައިފި

Dec 21, 2016
4

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރުފަތަށް ވަޅިއެއް ޖަހައިފި އެވެ. އެކަން ކަށަވަރުކޮށް ދެއްވައި އޭނާ ވަނީ ފޮޓޯ އާއެކު ޓްވީޓެއް ވެސް ކުރައްވާފަ އެވެ.

ވަޅި ޖަހާފައިވާ ފޮޓޯއާ އެކު ރިޔާޒު ވަނީ މިއަދު ޓުވީޓެއް ކުރައްވައިފަ އެވެ. ރިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ތިހެން ގޭ ދޮރަށް ޖަހާ ވަޅިއަކުން އަޅުގަނޑު ބިރެއް ނުގަންނާނެ" ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާއިރު ރިޔާޒާ ވެސް ގުޅޭ ގޮތެއް ނުވި އެވެ.

ނަމަވެސް އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރޭ އޭނާއަށް އެއް ފަހަރާ ދެހަމަލާ ދޭން ބަޔަކު އުޅުނު ކަމަށާއި މިއީ ވަޅިން ހަމަލާ ދޭން އުޅުނު ފުރަތަމަ ފަހަރު ވެސް ނޫން ކަމަށެވެ.

ދާދި ފަހުން ވަނީ ރިޔާޒްގެ މެރީޑިއަމް ކުންފުންޏާއެކު ކުރި މުއާމަލާތް ދަމަހައްޓަން އެމްޕީއެލްގެ މައްޗަށް ކޯޓުން ހުކުމްކޮށްފައެވެ. އެމްޕީއެލް އިންވަނީ އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.