ހަބަރު

ކަރަންޓު ނުލެވިގެން ސިޓީ ޕާކް ނުހުޅުވިފައި

ހުޅުދާން ބަގީޗާއެއްގެ ގޮތު ސަރުކާރުން ތަރައްގީކުރަމުން އަންނަ ސިޓީ ޕާކް ނުހުޅުވި ދިގުލައިގެން ދަނީ އެތަނަށް ކަރަންޓުލެވޭނެ ގޮތެއް ނެތިގެން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ސަލްޓަން ޕާކުގައި މިނިވަން ފަންސާހާ ގުޅުވައިގެން ތަރައްގީކުރި ހުޅުދާން ބަގީޗާ ސިޓީ ޕާކަށް ބަދަލުކޮށް، މިނިވަން ފަންސާހުގެ ރަމްޒީ ކަޅުއޮއްފުންމި މައުރަޒު ކުރާ ގޮތަށް ސިޓީ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފެށީ މިއަހަރުގެ ކުރީކޮޅުގަ އެވެ. ޕާކު ނިންމަން ތާރީހުތަކެއް ކަނޑައެޅި ނަމަވެސް އެކި ސަބަބުތަކާ ހެދި އެޕާކު ވަނީ އަދިވެސް ހުޅުވޭގޮތް ނުވެފަ އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓ މިނިސްޓަރު އަހުމަދު ސަލީމް (މާޒް) ވިދާޅުވީ، ސިޓީ ޕާކް މިހާރު މުޅިން ނިންމާފައިވާ ކަމަށެވެ. އެތަނުގެ އިންޓީރިއާ ހުރިހާ މަސައްކަތެއް ކޮށް، ކަޅުއޮއްފުންމި މައުރަޒުކޮށް ވެސް ނިމިފައިވާ ކަމަށާއި ޕާކު ނުހުޅުވިގެން އުޅެނީ ކަރަންޓުލުމަށް ހުރި ދަތިތަކަކާ ހެދި ކަމަށެވެ.

އޭނާ ވިދާޅުވީ އެތަން މީގެ ކުރިން ހަދާފައިވާ ގޮތުން ކަރަންޓު ލާނެ ރައްކާތެރިގޮތެއް ނެތް ކަމަށެވެ. ކަރަންޓު ލުމަށް އެތަނުގެ ބައެއް ހިޔާކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރާނެ ގޮތަކާމެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް މާޒް ވިދާޅުވި އެވެ.

ޕާކް ނިމިފައި ވިޔަސް އެތަން ހުޅުވާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލްޓަން ޕާކްގައި ހުރި ލެޑްބޮކީގެ ގަސްތަކާ ރަމްޒީ ކަޅުއޮއްފުންމިއާއެކު ތަރައްގީކުރާ އެ ޕާކު ހުޅުވޭ ގޮތެއް ނުވެ ދިގުލައިގެން ގޮސްފައިވާއިރު، އެތަން ވާނީ މާލޭގައި ހުރި އެންމެ ރީތި އެއް ޕާކަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.