ހަބަރު

ޕެންޝަން އޮފީހުގެ ފޮޓޯ މައުރަޒު ފަށައިފި

މޯލްޑިވްސް ޕެންޝަން އެންޑް އެޑްމިނިސްޓްރޭޝަންގެ ފޮޓޯ މައުރަޒު މިއަދު ހުޅުވައިފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި މިއަދު ފެށި އެ މައުރަޒު ހުޅުވައިދެއްވީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ޕެންޝަނާ އަބްދުލް އަޒީޒު ޔޫސުފް އެވެ.

ޕެންޝަނަށް އާންމުން ހޭލުންތެރިކުރުވުމާއި ޕެންޝަން އޮފީހުގެ އެކި ކަންކަމަށް ބޭނުންކުރުމަށް ޕެންޝަނާ ގުޅޭ ފޮޓޯ ހޯދުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 10 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ވަނީ ފޮޓޯ މުބާރާތެއް ކުރިއަށްގެންގޮސްފަ އެވެ. އެ މުބާރާތުގެ މައުރަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެންމެ މޮޅު ތިން ފޮޓޯ ވެސް ހޮވާފަ އެވެ. އަދި އެފޮޓޯތައް ފޮނުވި ފަރާތްތަކަށް އަގުހުރި އިނާމްތަކެއްވެސް ވަނީ ދީފަ އެވެ.

ޕެންޝަން އޮފީހުން ބުނީ މައުރަޒު މިރެއާއި މާދަމާގެ އެކި ގަޑިތަކުގައި ހުޅުވާފައި ހުންނާނެ ކަމަށެވެ.