އީރާން

އިރާނުގެ ކުރީގެ ރައީސް ރަފްސަންޖާނީ އަވަހާރަވެއްޖެ

Jan 8, 2017

އީރާނުގެ ކުރީގެ ރައީސް އަކުބަރު ހާޝިމީ ރަފްސަންޖާނީ އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 82 އަހަރުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަފްސަންޖާނީ އަވަހާރަވެފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް ހިތް ހުއްޓިގެނެވެ.

ރަފްސަންޖާނީއަކީ 1989 އަހަރުން 1997 ވަނަ އަހަރާ ހަމައަށް އީރާނުގައި ރައީސްކަން ކުރެއްވި ސިޔާސީގޮތުން އީރާނުގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. އެހެން ނަމަވެސް 2005 ވަނަ އަހަރުގެ އިންތިހާބުގައި ރަފްސަންޖާނީ ވަނީ މަހުމޫދު އަހުމަދީނިޖާދުއާ ވާދަ ކުރައްވައި އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންފަ އެވެ.

ރަފްސަންޖާނީ އަވަހާރަވި އަދާ ކުރައްވަމުން ގެންދެވި މަގާމަކީ އެކްސްޕިޑެންސީ ކައުންސިލްގެ ވެރިޔާގެ މަގާމެވެ. އެ ބޭފުޅާއަކީ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެކެވެ.