ދުނިޔެ

އެމެރިކާއިން ސީދާ އީރާނަށް ހަމަލާދިނުމަށް ޓްރަމްޕް ވިސްނަވަނީ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް -- އެމެރިކާއިން ސީދާ އީރާނަށް ހަމަލާދޭން ރާވަނީ
0%
0%
0%

އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމުގައި އިޒުރޭލާ ބައިވެރިވާން ޖެހިދާނެ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނަލް ޓްރަމްޕް ވިދާޅުވި ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނެފި އެވެ.

މި ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެމެރިކާގެ އަސްކަރީ ފައުޖުތަކުން ސީދާ އީރާނަށް ހަމަލާދޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވަޑައިގަތުމަށް ފަހު ގައުމުން ހިންގަވާނެ ހުރިހާ މިސްރާބެއް -- އިންތިގާލީ ކެބިނެޓުން މިހާރު އަންނަނީ ކަރުދާހަށް ޖަމާކުރަމުންނެވެ. މި ގޮތުން ޓްރަމްޕް ސަރުކާރެއްގައި ޚާރިޖީ ސިޔާސަތު ބައްޓަންކުރާނެ ގޮތްވެސް ހިމެނެ އެވެ.

އީރާނުން ނިއުކްލިއާ މުއްސަނދިކުރުން ހުއްޓާނުލައިފި ނަމަ -- ސީދާ ހަމަލާދިނުން ފިޔަވައި، އިތުރު އިޚުތިޔާރެއް އެމެރިކާއަށް ނޯންނާނެ ކަމަށް އިންގިތާލީ ކޮމެޓީން ވަނީ ބުނެފަ އެވެ.

މެދުއިރުމައްޗަށް ޖަމާކޮށްފައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދޭއިރު، އެ ފައުޖުތަކަށް އެހީތެރިވާނެ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ތެޔޮ ޓޭންކަރުތައް މެދުއިރުމައްޗަށް ޖަމާކުރާނެ ކަމަށް ވެސް އިންތިގާލީ އޮފިޝަލުން ވިދާޅުވެ އެވެ

އީރާން ނިއުކްލިއާ ބާރަކަށް ވުމަކީ އެމެރިކާއަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް، ރައީސްކަމުގެ ފުރަތަމަ ދައުރުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް ރައީސްގެ މަގާމުގައި 2017 – 2021 އަށް ހޭދަކުރެއްވި ދުވަސްވަރު، އޭނާ ވަނީ އެމެރިކާއިން 2015 ގައި އީރާންއާ އެކު ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން އުވާލައްވާފަ އެވެ.

މި އެއްބަސްވުން އުވާލެއްވުމަށް ފަހު އީރާނަށް ހުރިހާ ދިމާއަކުން އޮތީ ދަތިކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންއާ އެކު ކުރެވޭ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބިއްޖެ ނަމަ -- ނިއުކްލިއާ މުއްސަނދިކުރުން ހުއްޓާނުލައިފި ނަމަ، އެމެރިކާއިން ސީދާ އީރާނަށް ހަމަލާދޭނެ އެވެ.

އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށާއި ނިއުކްލިއާ އިންޖީނުގެތަކަށް ވެސް ހަމަލާދޭނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް، އީރާނަށް ސީދާ ހަމަލާދިނުމާ ބެހޭ ގޮތުން ޓްރަމްޕް ރަސްމީ ނިންމެވުމެއް އަދި ނުނިންމަވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345