ހަބަރު

މިނިވަން ފަންސާސް ފާހަގަ ކުރަން ފުލުހުންގެ ކުޅިވަރު ފެސްޓިވަލެއް ބާއްވަނީ

Mar 19, 2015
1

މިނިވަން ފަންސާސް ފާހަގަ ކުރަން ގައުމީ ފެންވަރުގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ފުލުހުން ހާއްސަ ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.  

ފުލުހުން ބުނީ މި ރަކާތްތަކުގެ ތެރޭގައި ފުލުހުންގެ ސްޕޯޓްސް މީޓެއް ބޭއްވުމާއި ގައުމިއްޔަތާއި މިނިވަންކަމުގެ ރޫހް އިތުރު ކުރެވޭނެ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.

ފުލުހުންގެ މެނޭޖްމަންޓް ބޯޑުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެފައިވަނީ މިނިވަން ފަންސާހުގެ ތާރީހީ އަހަރުގައި ސަރުކާރުން ހިންގާ ހުރިހާ ޙަރަކާތްތަކެއްގައިވެސް ފުލުހުންގެ ފުރިހަމަ ބައިވެރިވުން ދޭން ނިންމާފައިވާ ކަމަށާއި ފުލުހުންގެ ސްޕޯޓްސް ފެސްޓިވަލްގައި ގިނަ ކުޅިވަރުތަކެއް ހިމަނާނެ ކަމަށެވެ.