ވިޔަފާރި

ހިލޭ އެޕާޓްމަންޓެއް ބޭނުންތަ؟ މި ޕްރޮމޯޝަންގައި އަވަހަށް ބައިވެރިވޭ

Feb 10, 2017

ބޮޑު ތަރުހީބަކާއެކު ޖީޓީ ސްނެޕް އިން ކުރިޔަށް ގެންދާ "މެގަޕެކް" ޕްރޮމޯޝަން ކުރިޔަށް އެބަ ދެއެވެ. މިދިޔަ އަހަރު އޮކްޓޯބަރު ފަހުކޮޅުން ފެށިގެން މިމަހު 15 ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނަކީ އަގު ހުރި އިނާމްތަކެއް ހޯދުމަށް އޮތް ރަނުގެ ފުރުސަތެކެވެ.

އޭޑީކޭ ޖެނަރަލް ޓްރޭޑިންގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓާ މަނާލް ނާޝިދު ވިދާޅުވީ ޑްރައިޕާޒް ނެޕީ ޕެކެޓު ގަންނަ ތިން ފަރާތަކަށް އަގުހުރި އަނާމްތައް ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން އެއްވަނަ އިނާމަކަށް އެއް އަހަރު ދުވަހަށް އެޕާޓްމަންޓެއް ހިލޭ ލިބޭނެ ކަމަށެވެ. އަދި ދެ ވަނަ އިނާމަކަށް ވެސްޕާ ސައިކަލެއް ލިބޭ އިރު ތިން ވަނަ އިނާމަކަށް އެއް އަހަރު ދުވަހަށް ޑްރައިޕާޒް ޕެކެޓު ލިބޭނެ ކަމަށް މަނާލް ވިދާޅުވި އެވެ.

"މި ޕްރޮމޯޝަނަށް އަޅުގަނޑުމެން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިއްޖެ. ރަށްރަށުން މީހުން އެބަ ފޮނުވާ ކޫޕަންތަކުގެ ނަން ޖެހައިގެން. ޕްރޮމޯޝަން ފެށިފަހުން ޑްރައިޕާޒް ގަންނަ މީހުންގެ އަދަދުވެސް އިތުރު ވެއްޖެ. ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަޅުގަނޑުމެން ޔަގީންކަން ދެން ކޮލިޓީ އެޕާޓްމަންޓާއި ރަނގަޅު އިނާމްތައް ދޭނެކަން،" މަނާލް ވިދާޅުވި އެވެ.

މަނާލް ވިދާޅުވި ގޮތުގައި ޕްރޮމޯޝަންގެ ބައިވެރިންނަށް ލިބުން ކޫޕަންތައް ސޯސަންމަގު އިބްރާހިމީ މިސްކިތް ކުރިމައްޗަށް ހުންނަ، ޖީޓީސްނެޕް ފިހާރައިންނާއި އޭޑީކޭ ޖެނަރަލް ޓްރޭޑުން ބަލައިގަންނާނެ އެވެ. އަދި ހދ. ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ނޮދާން ޑިސްޓްރިބިއުޓާ އިން ވެސް އެ ކޫޕަންތައް ބަލައިގަންނާނެ ކަމަށް މަނާލް ވިދާޅުވި އެވެ.

ކޫޕަން ލިބިފައިވާ ތިބި ފަރާތްތަކަށް އެ ކޫޕަންތައް ހުށަހަޅަން ލިބޭނެ އެންމެ ފަހުގެ ތާރީހަކީ މިމަހު 15 އެވެ. މަނާލް ވިދާޅުވީ އިނާމް ލިބޭ ފަރާތްތައް ވަރަށް އަވަހަށް ހޮވާނެ ކަމަށާއި އެހެންކަމުން ކޫޕަން ލިބޭ ފަރާތްތަކުން ވީހާވެސް އަވަހަށް ކޫޕަން ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިއީ އޭޑީކޭ ޖެނެރަލް ޓްރޭޑުން ކުރިޔަށް ގެންދިޔަ ފުރަތަމަ މިފަދަ އެންމެ ބޮޑު ޕްރޮމޯޝަންއެވެ. އެ ކުންފުނިން ބުނަނީ، ކުރިޔަށް އޮތްތާ މިހާރަށްވުރެ ބޮޑެތި އިނާމްތަކާއެކު އާ ޕްރޮމޯޝަންތައް ބާއްވާނެ ކަމަށެވެ.