ހަބަރު

ގެއްލުންވި އާއިލާތަކަށް އެހީވެއްޖެ، ގުދަން ހުރީ އިންޝުއަރެންސް ކޮށްފައި

Mar 20, 2015

ގުދަނުގައި ރޯވުމުގެ ސަބަބުން ގެއްލުން ލިބުނު ގޭގެ އާއިލާތައްކަށް ރޭ ފުލުހުންނާއި ސިފައިންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެފަދަ ބައެއް އާއިލާތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުވާން އެދުމުން އެ އާއިލާތައް ނިންމީ މާލޭގައި ދިރިއުޅޭ އެފަރާތްތަކުގެ ޢާއިލާގެ މެމްބަރުންގެ ގާތަށް ދާށެވެ.

ރޭގެ އަލިފާނާ ގުޅިގެން ގުދަން ހިމެނޭ ސަރަހައްދުގެ ގެތަކުން މީހުން ވެސް ހުސްކުރި އެވެ. އަދި އެ ގުދަން ކައިރީގައި ހުރި ބައެއް ގެތަނަށް އަލިފާންނުގެ އަސަރުކޮށް ބައެއް ގޭގައި އަލިފާން ރޯވެސް ވިއެވެ. އަދި އަލިފާން ނިއްވަން އުޅުނު އިރު ބޯ ދުމުގެ ބައެއް މީހުންނަށްކޮށް ނޭވާލާން އުނދަގޫވެގެން އުޅުނު އިރު އެކަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ވެސް ދިނެވެ. އެނގިފައިވާ ގޮތުގައި އެއީ އަލިފާން ނިވަން އުޅުނު ފަޔާފައިޓަރެކެވެ.

ގުދަނުގައި ރޯވި އަލިފާން މުޅިން ކޮންޓްރޯލް ކުރެވުނީ މެންދަމުން އަލިވި ފަހުންނެވެ. ދެބުރިއަށް ހުންނަ ގުދަނުގައި ރޯވެ އަނދައި ހުލިވެންދިޔައިރު އެތަނުގައި ކަރަންޓެއްވެސް ނެތެވެ. އަދި އެތަނުގައި ސެކިއުރިޓީންނެއް ވެސް ނުތިބެ އެވެ.

ގުދަނުގައި ރޯވެ އަނދައި ހުލިވި އިރު ރޭ ރޯވިއިރު މާލޭ ކުޅިވަރު އެކުވެނި ކައިރިން ކުނިތަކެއްގައި ވެސް ރޭ އަލިފާން ރޯވި އެވެ. ރޭގެ އަލިފާނުގެ ހާދިސާތައް ފުލުހުން ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.